ENGLISH
21 އޭޕްރީލު 2026
35 އަހަރު ޚިދުމަތް ކުރެއްވި ފުލުހުންނާ ސީޕީ ބައްދަލު ކުރައްވައިފި
21 އޭޕްރީލު 2026
|
35 އަހަރު ޚިދުމަތް ކުރެއްވި ފުލުހުންނާ ސީޕީ ބައްދަލު ކުރެއްވުން --
އެންމެ މަޤްބޫލު
ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރު ހޭދަކުރައްވާފައިވާ އޮފިސަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމަކީ ގައުމަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ފުލުހުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފަ އެވެ. މި ބައްދަލުވުމުގައި ކޮމިޝަނަރު ވަނީ އެ އޮފިސަރުންގެ ހީވާގި މަސައްކަތާއި ޕްރޮފެޝަނަލިޒަމަށް ޝުކުރު އަދާކުރައްވައި، ވާޖިބު އަދާކުރެއްވުމުގައި އެ ބޭފުޅުން ވެވަޑައިގަންނަވަމުން ގެންދަވާ ގުރުބާނީ ފާހަގަކުރައްވައިފަ އެވެ. އަދި ފުލުހުންގެ މުއައްސަސާ ހިންގުން ހަރުދަނާ ކުރުމުގައާއި ކުރިއަށް އޮތް ޖީލުތަކުގެ ފުލުހުން ތަމްރީނުކުރުމުގައި އެ ބޭފުޅުންގެ ތަޖުރިބާގެ މުހިންމުކަން ކޮމިޝަނަރ ފާހަގަކުރެއްވި އެވެ.
މިފަދަ ދިގު މުއްދަތެއްގެ ހިދުމަތަކީ ތެދުވެރިކަމާއި، ސާބިތުކަމާއި، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ވަފާތެރިކަމުގެ ނަމޫނާއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މުއައްސަސާގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ހިއްސާކޮށް މަޝްވަރާ ކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގައި ފުލުހުންގެ ހިދުމަތް ތަރައްގީވެ ބަދަލުވެގެން އައިސްފައިވާ ގޮތާއި، އެކި ދުވަސްވަރު ކުރިމަތިވި ގޮންޖެހުންތަކާއި، މުޖުތަމައުގެ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަމާ ބެހޭ ގޮތުން އޮފިސަރުން ތަޖުރިބާ ހިއްސާކުރެއްވި އެވެ. ކޮމިޝަނަރު ވަނީ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އޮފިސަރުންގެ އިލްމާއި ތަޖުރިބާއަކީ މިހާރު ހިނގަމުންދާ މަސައްކަތްތައް ކުރިއެރުވުމުގައި އަގުނުކުރެވޭފަދަ މުހިންމު ތަޖުރިބާތަކެއްކަން ފާހަގަ ކުރައްވައިފަ އެވެ.