ENGLISH

21 އޭޕްރީލު 2026

Advertisement

ޚިދުމަތްތެރި ސްކައުޓް ލީޑަރު، ސަޢީދު ސަރ ނިޔާވެއްޖެ

21 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ސަޢީދު ސަރއަށް ރައީސް މައުމޫން ސްކައުޓްގެ ޝަރަފެއް އަރުވަނީ --

ޚިދުމަތްތެރި ސްކައުޓް ލީޑަރު، މ. ހެޕީޑޯން، އަޙްމަދު ސަޢީދު (ސަޢީދު ސަރ) މިއަދު ނިޔާވެއްޖެ އެވެ.

ސަޢީދަކީ ދިވެހި ސްކައުޓަށް ވަރަށް ބޮޑު ޚިދުމަތެއް ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ ގަލޮޅު މަދަރުސާގައި ސްކައުޓް ހަރަކާތް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެ ގުރޫޕްގެ ސްކައުޓް ލީޑަރެވެ.

އެންމެ ފަހުން ވެސް ހުންނެވީ ގަލޮޅު ސުކޫލުގެ އެސިސްޓެންޓް ސްކައުޓް ލީޑަރުގެ މަގާމުގަ އެވެ. އަދި އެ ސުކޫލުގެ އޮފީސް އެސިސްޓެންޓް ކަމާއި ސްޕޯޓްސް ސްޕަވައިޒަރުގެ މަގާމު ވެސް ގެންދެވީ ފުރުއްވަމުންނެވެ. އެ ސުކޫލަށް 29 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވެ އެވެ.

ސަޢީދަކީ ދިވެހި ސްކައުޓް ޖަމިއްޔާއަށް ނެޝަނަލް ކޮމިޝަނަރެއްގެ ގޮތުގަ އާއި ލީޑަރުން ތަމްރީނުކުރުމުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އުމުރުން 53 އަހަރުގައި ސަޢީދު ނިޔާވީ މިއަދު ހެނދުގެ ވަގުތެއްގަ އެވެ. ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު މއ. އާސަހަރާ މިސްކިތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު