ENGLISH

18 އޭޕްރީލު 2026

Advertisement

ރައީސް ޑރ.މުއިއްޒު ރަސްދޫއަށް؛ ރައްޔިތުން ދެންނެވީ ތަފާތު ހޫނު މަރުހަބާއެއް

18 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރަސްދޫއިން ރައީސަށް މަރުހަބާ ދެންނެވުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އއ.ރަސްދޫއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. 

ރައީސް ޑރ.މުޢިއްޒު އެ ރަށަށް ވަޑައިގަތީ ހަވީރެވެ. މެންދުރުފަހު އެމަނިކުފާނު ވަޑައިގަތުމުގެ ކުރިން އެ ރަށުގެ ބަނދަރުން ފެށިގެން ރަށުގެ ތެރެއަަށް ގިނަ ބަޔަކު ޖަމާވެ ސަފު ހަދައިގެން ތިއްބެވެ. ރަށަށް ފާބާވަޑައިގެން ރައީސްވަނީ އެމަނިކުފާނުގެ އިސްތިގުބާލުގައި އެއްވެ ތިބި މީހުންނާ ސަލާންކުރައްވަައި ވާހަކަދެއްކެވުމުގައި ވަގުތު ހޭދަކުރައްވާފައެވެ. 

ރައީސްގެ މި ދަތުރުފުޅަކީ އޭޕްރީލު ހަތަރުވަނަ ދުވަހު ކުރިއަށްދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށްފަހު އެމަނިކުފާނު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ވަރަށް ގިނަ ވަޒީރުން ބައިވެރިވެވަޑައިގެންފަައިވެއެވެ. 

މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަސްދޫން ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީއށް ބޮޑު އަޣުލަބިއްޔަތެއް ލިބި އެ ރަށު ކައުންސިލުގެ ހުރިހާ ގޮނޑިއަކާއި ޑަބްލިއުޑީސީގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުވިއެވެ. 

އަދި އއ.އަތޮޅުގައި އެމްޑީޕީގެ މައި މަރުކަޒެއްގެ ގޮތުގައި އޮތް އުކުޅަހުގެ ހުރިހާ ގޮނޑިއެއްވެސް ޕީއެންސީން ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަށެއްގެ ގޮތުގައި ފާހަގަަކުރެވުނު އއ.ތޮއްޑޫއިންވެސް ޕީއެންސީއަށް ތާރީހީ ކާމިޔާބެއް ލިބުނެވެ. 

މުޅި އއ.އަތޮޅުންވެސް އެންމެ ގިނަ ގޮނޑިއާއެކު ބޮޑު ކާމިޔާބެއް ހާސިލުކޮށް، އެއަތޮޅުގެ ވޯޓުގެ ބޮޑު އިންސައްތައެއްވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. 

ކިޔުންތެރިންގެ ހިޔާލު