ENGLISH

18 އޭޕްރީލު 2026

Advertisement

ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިންމައި ފޮށިތައް ބަންދުކޮށްފި

18 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ވޯޓުނެގުން ނިންމައި ފޮށިތައް ބަންދުކޮށްފި. ފޮޓޯ: ވަގުތު

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމި، ފޮށިތައް ބަންދުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފިއެވެ.

ވޯޓުލުން ކުރިއަށް ގޮސްފައިވަނީ، މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ.

އީސީގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ، ދެ އިންތިހާބުގެ އިތުރުބުރުގައި ބެހެއްޓިފައިވާ ހުރިހާ މަރުކަޒެއްގެ ވޯޓުނެގުން ނިމި ހުރިހާ ވޯޓުފޮށިތަކެއް ބަންދުކޮށްފައިވާ ކަމަށެވެ.

ދެވަން ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ، ފަސް ދާއިރާއެއްގައި ފަސް މަގާމަކަށް މީހުން އިންތިހާބުކުރުމަށެވެ. އެއީ ފުވައްމުލަކު ސިޓީގެ ދަޑިމަގުގެ ދާއިރާގެ ކައުންސިލު އިންތިހާބާއި، ބ.ދޮންފަނުގެ ކައުންސިލު އިންތިހާބާއި، ހއ.ކެލާ އަންހެނުންގެ ތަރައްގީއަސް މަސައްކަތްްކުރާ ކޮމިޓީއާއި ހދ.ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ލ.މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. 

އީސީގެ އެންމެ ފަހުން އާއްމު ކުރި މައުލޫމާތައް ބަލާއިރު، މި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމެން ގަޑިއިރަކަށްވީއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 63.88 އިންސައްތަ މީހުން ވޯޓު ލައިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު