ENGLISH
09 އޭޕްރީލު 2026
ގެއެއްގެ މަތިން މީހަކު ވެއްޓިއްޖެ
09 އޭޕްރީލު 2026
|
ވެއްޓުނު މީހާ އެމްބިއުލާންސްއަށް އަރުވަނީ
އެންމެ މަޤްބޫލު
ގެއެއްގެ މަތިން މީހަކު ވެއްޓިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މާލޭ، މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބުނީ އިރުއޮއްސި 6:20 އެހައިކަންހާއިރު ކަމަށް ވެސް ބުންޏެވެ.
މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ. އެ މީހާ ވެއްޓުނީ ގޭގެ ތެރެއަށް ކަމަށާ ސީލިންގ ފޫއަޅާ ތަޅުންގަނޑު މައްޗަށް ވެއްޓި ވަރަށް ބޮޑަށް އަނިޔާވި ކަމަށް ވެސް އެނގިފައިވެ އެވެ.
އެ މީހާ ވެއްޓުނީ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅަށް ކަމަށް ފުލުހުން ބުނެ އެވެ. ވެއްޓިފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. އެއީ 30 އަހަރުގެ ފިރިހެނެކެވެ.