ENGLISH

09 އޭޕްރީލު 2026

Advertisement

މިނިސްޓަރު ޒަމީރާއި ގުޅޭގޮތުން ފަތުރަނީ ބުހުތާނު ދޮގެއް، ބޭނުމަކީ ފިތުނަ އުފެއްދުން: ރިޔާޒް

09 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު--

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެރިކަމަށް އައުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގުވާހަކައެއް ކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވީ ވެރިކަމަށް އައުމަށް ޒަމީރު މަސައްކަތްތަކެއް ކުރާ ކަމަށް ބުނެ ސަރުކާރާއި ދެެކޮޅު ޚަބަރުތައް ގެނެސްދޭ ނޫހަކު ވާހަކަތަކެއް ފަތުރާތީ އެކަން ދޮގު ކުރައްވަމުންނެވެ. ރައީސް މުޢިއްޒުއާ އަދި ސަރުކާރާ ގުޅޭގޮތުން އަސާސެއް ނެތް އެތައް ވާހަކަތަކެއް ފަތުރާ އެ ނޫހުން ޒަމީރުއާ ގުޅުވާ އާންމުކޮށްފައިވާ ޚަބަރުގައިވާ ވާހަކަ ދޮގު ކުރައްވާ ރިޔާޒް ވިދާޅުވީ މިނިސްޓަރު ޒަމީރަކީ ދުވަހަކު ވެސް ވެރިކަމަށް ޝައުގުވެރިވާނެ ބޭފުޅެއް ނޫން ކަމަށެވެ.

"ތިއީ ފިތުނަ އުފައްދަން ބަޔަކު ފަތުރާ ބުހުތާނު ދޮގު ވާހަކައެއް. މިއީ މިއަދު މޫސާ ޒަމީރު ކުރައްވާ މަސަކަތްޕުޅާ ހޯދާ ކާމިޔާބީ ފެނި ހަސަދަވެރިވާ ބަޔަކު ފަތުރާ ދޮގު ވާހަކައެއް," ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒްް އާއި ޒަމީރަކީ އާއިލީ ގޮތުން ވަރަށް ގާތް ދެ ބޭފުޅުންނެވެ. ރިޔާޒަކީ ޒަމީރުގެ ބޭބެ އެކެވެ. ވިލުފުށީގެ އެންމެ ޚިދުމަތްތެރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު