ENGLISH
09 އޭޕްރީލު 2026
ބީއެމްއެލްގެ މެއިންޓެނެންސް މަސައްކަތްތަކެއް މާދަމާ، ބައެއް ހިދުމަތްތަކަށް ބުރޫ އަރާނެ
09 އޭޕްރީލު 2026
|
ބީއެމްއެލް އޮފީސް
އެންމެ މަޤްބޫލު
ބީއެމްއެލްގެ މެއިންޓެނެންސް މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، މާދަމާ ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ބުރޫއަރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ބީއެމްއެލް އިން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވަނީ، މެއިންޓެނެންސް މަސައްކަތް ކުރިއަށްދާ ގަޑީގައި، ބީއެމްއެލް ޑައުންވެ ބައެއް ހިދުމަތްތަކަށް ބުރޫއަރާނެ ކަމަށެވެ.
އެގޮތުން، އެ ބޭންކުގެ ޕޭމަންޓް ގޭޓް އަވޭ، އިންޓަރނޭޝަނަލް ޓްރާންސްފަރސް އަދި ކާޑުގެ ޚިދުމަތްތަކަށް މިރޭ ދަންވަރު 1:30 އާއި 2:30 އަކާ ދެތެރޭ ޑައުން ވެދާނެކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ބީއެމްއެލްއިން ވަނީ މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.