ENGLISH

09 އޭޕްރީލު 2026

Advertisement

ގަތަރު އެއާލައިންގެ ހިދުމަތްތައް ރާއްޖެއަށް އަލުން ފަށައިފި

09 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ގަތަރު އެއާވޭސްގެ ބޯޓެއް

ހަނގުރާމައިގެ ސަބަބުން މެދުކަނޑާލި ގަތަރު އެއާވޭސްގެ ޚިދުމަތްތައް ރާއްޖެއަށް އަލުން ފަށައިފިއެވެ. 

މީގެ ކުރިން މި ހިދުމަތް މެދުކަނޑާލައިފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން އެސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުވުމާއި ގުޅިގެންނެވެ.

ގަތަރު އެއާވޭސްގެ ހިދުމަތް އަލުން ފަށާފައިވާކަން ހާމަކޮށް މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، އެ އެއާލައިނުން ކޮންމެ ދުވަހަކުވެސް ރާއްޖެއަށް ދަތުރުތައް ބާއްވާނެކަމަށެވެ. އެއީ ހަފުތާއަކު ހަތް ދަތުރެވެ.

ގަތަރު އެއާވޭސް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އުފުލާ އެއް އެއާލައިނެވެ. އެ އެއާލައިނުން ދެކޭގޮތުގައި ދަތުރުތައް އަލުން ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީގެ ފަސޭހަކަން އިތުރަށް ފުޅާވެގެންދާނެއެވެ.

ދަތުރުތަކަށް އައި މި ބަދަލާ ގުޅިގެން، ޖޫންމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް، އެ ފަރާތްތަކުން ބޭނުންވާ ނަމަ ދަތުރުކުރާ ތާރީހު ފަސޭހަކަމާއެކު ބަދަލުކޮށްދޭނެ ކަމަށް ގަތަރު އެއާވޭސްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު