ENGLISH

09 އޭޕްރީލު 2026

Advertisement

މާފަރު ބިން ހިއްކުމުގެ މަޝްރޫޢު: ޖުމްލަ މަސައްކަތުގައި 80 އިންސައްތައިގެ ކުރިއެރުން ލިބިއްޖެ

09 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ނ.މާފަރު ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ނ. މާފަރު ބިން ހިއްކުމުގެ މަޝްރޫގެ ތެރެއިން މިހާތަނަށް ޖުމްލަ 80 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ) އިން ބުނެފިއެވެ.

މި މަޝްރޫއަކީ މާފަރުގައި ބިން ހިއްކުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

އެމްޓީސީއިން ބުނި ގޮތުގައި މި މަޝްރޫގެ ދަށުން މާފަރުގައި 20 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް މި ޕްރޮޖެކްޓުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައެވެ.

މި މަޝްރޫއަކީ މާފަރަށް ތަރައްޤީ ގެނައުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވޭ ބޮޑު މަޝްރޫއެކެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

އެމްޓީސީސީއިން މާފަރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންއަންނައިރު، ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އަންނަނީ މާފަރުގައި ކުރިއަށްގެންދަމުންނެވެ. އެގޮތުން މާފަރުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތާއި، މާފަރުގައި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމާއި މާފަރު ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު