ENGLISH
07 އޭޕްރީލު 2026
ހއ. މުރައިދޫގައި ބިނާކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް
07 އޭޕްރީލު 2026
|
ހއ. މުރައިދޫގައި ބިނާކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު. --ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ހއ. މުރައިދޫގައި ބިނާކުރާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސިއިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ ޓައި ބީމް ޓައިޕް 1 ފައުންޑޭޝަން ކޮންކްރީޓައް ތައްޔާރުވުމުގެ މަސައްކަތެވެ.
މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި ވުޟޫ ކުރާނެ ބަޔަކާއި، މުއްނާރު، ލޭންޑް ސްކޭޕިން އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއް ވެސް އިމާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މި މިސްކިތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަަހަރު އޮގަސްޓު މަހު އެވެ.
މިއީ 7.79 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.