ENGLISH
07 އޭޕްރީލު 2026
ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި
07 އޭޕްރީލު 2026
|
29 މާރިޗު 2026، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އީ. އާރު ހުޅުއްވައިދެއްވުމާއި، އަލަށް އިމާރާތް ކުރާ އައިސޮލޭޝަން ފެސިލިޓީގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައެވެ.
ޞިއްޙަތާއި ތިމާވެއްޓާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމީ ބަދަލުތަކާއި، ބޭހަށް ނުގުޑާ ބަލިތަކާއި، އަދި އަލަށް ފެންނަ ބަލިތައް ފަދަ، ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުގެ މެދުގައި އެއްބާރުލުން ބޭނުންވާކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ހެއްކަށް ބިނާވެފައިވާ ޞިއްޙީ ހައްލުތައް ހޯދުމަށާއި ދިރާސާތަކަށް ކުރާ ހޭދަ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި ގޮވާލެއްވުން އެކަމަނާ ވަނީ ތަކުރާރުކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހަކީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއީ 1948 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އުފެދުނު ދުވަހެވެ.