ENGLISH

30 މާރިޗު 2026

Advertisement

ރީކޯލް ވޯޓު އޮތުމަކީ އެންމެ ޑިމޮކްރެޓިކް ގޮތް، މިހާރު ހިނގަނީ ފަންނީ މަޝްވަރާތައް: ރައީސް

30 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް އޮތުމަކީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށާއި، އެފަދަ ނިޒާމެއް ގާއިމުކުރުމުގައި މިހާރު ހިނގަމުންދާ މަސައްކަތަކީ ފަންނީ މަޝްވަރާތަކުގެ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިހާރު މިއޮތް ނިޒާމުގައި މީހަކު މަޖިލީހަށް ނުވަތަ ކައުންސިލަށް ހޮވުމަށްފަހު ވަކިކުރެވެން ނޯންނަ ކަމަށެވެ. ނަމަވެސް އެންމެ ޑިމޮކްރެޓިކް ގޮތަކީ މަޖިލީހަށް އަދި ކައުންސިލަށް ރައްޔިތުން އިންތިހާބުކުރާ މީހަކު ވަކިކުރުމުގެ ބާރު ރައްޔިތުންގެ އަތްމަތީގައި އޮތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

"ސުޕްރީމް ކޯޓަށް ގޮސްގެން ހުކުމެއް ކޮށްގެން ފަހަރެއްގައި މެންބަރެއްގެ ގޮނޑި ގެއްލިދާނެ، އެނޫން ގޮތެއް ނޯވޭ. ޑިމޮކްރެޓިކް ހަމަތަަކަށް ބަލާއިރުގައި ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާނެ ގޮތަކަަށްވާނީ އެ ފުރުސަތު ރައްޔިތުންނަށް އޮތުން. އެއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޕްރެކްޓިސްކުރާ ނިޒާމެއް،" ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރިކޯލް ވޯޓުގެ ނިޒާމަކީ ކާމިޔާބުކަމާއެކު ދުނިޔޭގެ ބައެއް ގައުމުތަކުގައި ތަޖުރިބާކުރެވި ތަންފީޒުކުރެވިފައިވާ ނިޒާމަކަށްވާތީ، އެ ނިޒާމު ރާއްޖެއަށް ތައާރަފުކުރުމުގެ ކުރިން ދުނިޔޭގެ ގައުމުތަކުގައި އެކަން ކުރެވެމުންދާ ގޮތާއި، ރާއްޖޭގައި އެފަދަ ނިޒާމެއް ގާއިމުކުރެވިދާނެ ގޮތްތަކާމެދު ބަހުސްކޮށް މަޝްވަރާކޮށް ދިރާސާކުރަންޖެހޭ ކަމަށެވެ. 

އެގޮތުން މަޝްްވަރާކުރެވެމުންދާ ކަންކަމުގެ ތެރޭގައި ރިކޯލު ޕެޓިޝަނެއްގައި ސޮއިކުރަންޖެހޭނީ ކިހައި އަދަދެއްގެ ރައްޔިތުންތޯއާއި، އެ ޕެޓިޝަން މަޖިލީހަށް ލިބުމުން މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމެވޭނީ މަޖިލީހުގެ މެންބަރުންގެ ކިހައި އަޣުލަބިއްޔަތަކުންކަމާއި، އެފަދަ ވޯޓެއްގައި ކޯރަމް ގުނާނީ ކިހިނެއްކަން ފަދަަ ފަންނީ ކަންކަން ހިމެނެއެވެ. 

އޭގެ އިތުރަށް މެންބަރުން ވަކިކުރުމަށް ރައްޔިތުންނަށް ހުށަހެޅޭނީ ކޮން ސަބަބުތަކެއް މެދުވެރިގެންކަން ގާނޫނުގައި ބަޔާންކުރަންޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަންކަމާމެދު ފަންނީ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. 

"އުންމީދު މިކުރަނީ މިހާރު ހިނގަމުންދާ އެ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރެއަށް ހުށަހެޅޭނެ ކަމަށް. މަސައްކަތްކުރަނީ އެގޮތަށް،" ރައީސް ވިދާޅުވިއެވެ. 

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަައި ރައްޔިތުންނަށް ގިނަ ބާރުތަކެއް ލިބޭނެ ގޮތަށް ދުސްތޫރީ އަދި ގާނޫނީ ނިޒާމު އިސްލާހުކުރެއްވުމުގެ މަސައްކަތް ރައީސްވަނީ ފައްޓަވާފައެވެ. އެކަަމަަށްޓަކައި ވަށާޖެހޭ އިސްލާހީ އެޖެންޑާއެއް އެމަނިކުފާނުވަނީ އިއުލާނުކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު