ENGLISH

28 މާރިޗު 2026

Advertisement

ފަތުރުވެރިކަމުން ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ %21.09 އިތުރު

28 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ 21.09 އިންސައްތަ އިތުރުވެއްޖެ

ފަތުރުވެރިކަމުން ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން މާޗު 19 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރުގެ އެ މުއްދަތުގައި ފަތުރުވެރިކަމުން ލިބުނު އާމްްދަނީއަށްވުރެ 21.09 އިންސައްްތަ އިތުރުވެފައިވާކަން މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒރާގެ މާލީ ހިސާބުތަކުން ހާމަވެއްޖެއެވެ. 

އެ ވުޒާރާއިން އިއްޔެ އާއްމުކުރެއްވި ހިސާބުތަކަށް ބަލާއިރު، ފަތުުރުވެރިކަމާ ގުޅުންހުރި ޓެކުސްތަކާއި ކުއްޔާއި ފީތަކުގެ ގޮތުގައި ލިބުނު އާމްދަނީ ޖުމްލަކޮށް އިތުރުވެފައިވެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ހިދުމަތާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބުނެވެ. ނިމުނު އަހަރު ލިބުނީ 2.5 ބިލިއަން ރުފިޔާއެވެ. 

ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 387.3 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ އެ މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވަނީ 494.3 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއާޕޯޓު ސާވިސް ޗާޖު ނުވަތަަ ޑިޕާޗާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނީ 322.7 މިލިއަން ރުފިޔާއެވެ. މި އަހަރު އެ އަދަދުވަނީ 427.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

ފީތަކަށް ބަލާއިރު އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ނިމުނު އަހަރު 322 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 425.1 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ނަމަވެސް ރިސޯޓުގެ ކުލީގެ ގޮތުގައި ނިމުނު އަހަރު 261.4 މިލިއަން ރުފިޔާ ލިބުނުއިރު މި އހަަރު ލިބުނީ 174.3 މިލިއަން ރުފިޔާއެވެ. 

ރިސޯޓު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ މި އަހަރު ދަށްވި ނަމަވެސް ރިސޯޓު ތަރއްގީކުރުމަށް ދޫކުރި ބިންތަކުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ނިމުނު އަހަރުގެ އެ މުއްދަތުގައި 18.4 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 312 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

މި ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ޖަނަވަރީ އެކަކުން މާޗު 18 ވަނަ ދުވަހުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ޓޫރިޒަމް ދާއިރާއިން ލިބުނެވެ. މި އަހަރުގެ އެ މުއްދަތުގައި ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ލިބުނު އާމްދަނީ 4.6 ބިލިއަން ރުފިޔާއަށް އަރައެވެ. އެހެންކަމުން ނިމުނު އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ފަތުރުވެރިކަމުން ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީވަނީ 21.09 އިންސައްތަ އިތުރުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު