ENGLISH

30 މާރިޗު 2026

Advertisement

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ތަރައްގީއަށްް ބޭނުންވާ ހަމަޖެހުމަށް މަގުފަހިކުރާނެ ކަމެއް: ސައީދު

28 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ދުނިޔޭގައި ތަރައްގީވެފައި ހުރި ކުދި ގައުމުތައް ތަރައްގީވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ގައުމުތަކުގައި ގާއިމުވެފައި އޮތް ހަމަޖެހުންކަން ފާހަގަކުރައްވަމުން، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖެ ތަރައްގީކުރުމަށް ބޭނުންވާ ހަމަޖެހުން ގާއިމުވުމަށް މަގުފަހިކުރާނެ ކަމެއް ކަމުގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ހޯރަފުށީގައި ކުރިއަށްގެންދިޔަ ކައުންސިލު އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ކުދި ގައުމުތައް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުން އެ ގައުމުތައް ތަރައްގީވީ އުމްރާނީ ތަރައްގީއާއި މީހުން ބިނާކުރުމުގެ ތަރައްގީ އެކުއެކީގައި ގެންދެވޭނެ ގޮތަކަށް ހަމަޖެހުން އެ ގައުމުތަކުގައި ގާއިމުކުރެވިގެން ކަމަށެވެ. 

އިންތިހާބުތައް ވަކިން އޮވެގެން ދެ ބާރު ވަކި ދެ ތާރީހެއްގައި އިންތިހާބުކުރުމުން ދިމާވާ މައްސަލަތަކުގެ މިސާލެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވީ 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގަތުމަށްފަހު އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް 2024 ވަނަ އަހަރުގެ ބަޖެޓު ފާސްވެގެން ނުދިއުމެވެ. 

"ހަމައެކަނި މި ތަޖުރިބާގެ އަލީގައިވެސް، ދެ އިންތިހާބު އެއް ދުވަހެއްގަައި ބޭއްވީމާ ވާގޮތަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާ ދުވަހު، މި ދާއިރާއިންވެސް މަޖިލީހުގައި ހުންނަވާނެ ބޭފުޅަަކު ކަނޑައަޅާނެ. ރައީސް ނޮވެންބަރު 17 ވަަނަ ދުވަހު ހުވާކުރައްވާނެ އަދި އެ އަހަރުގެ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު މަޖިލީހުގެ މެންބަރު ހުވާކުރައްވާނެ. އެއް އަހަރުގެ ތެރޭގައި ރައީސްވެސް މަޖިލީހުގެ މެންބަރުވެސް ޔަގީންވީ،" ސައީދު ވިދާޅުވިއެވެ. 

އިންތިހާބުތައް ބޭއްވުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްފަހު ސަރުކާރުގެ އަމާޒު ތަރައްގީއަށް އަނބުރައިލުމަކީ ހިދުމަތްތައް ދިނުން އަވަސްވެ ރަށްރަށުގެ ކުރިއެރުމަށް ކުރަން ހުރި މަސައްކަަތްތަކުގެ ދުވެލި ހަލުއިވެގެންދާނެ ކަމެއް ކަމަށެވެ. 

"މިއަދުގެ ރައީސް ގައުމު ބިނާޚުރަނީ ތަރައްގީވެފައި ހުރި ޓައިގާ އެކޮނޮމީސް ނުވަތަ ކުދި ގައުމުތައް އޭޝިޔާގައިވެސް ކުރިއަރާ ދިޔަ ގޮތަށް، އަދި މެދުއިރުމަތީގެ ކުދި ގައުމުތަކުން ސްޓޭބަލް އިކޮނޮމީސް ތަރައްގީގެ ރާސްތާގައި ކުރިއަރައިދިޔަ ގޮތަށް ހިކުމަތްތެރިކަމާއެކު،" ސައީދު ވިދާޅުވިއެވެ. 

ސައީދުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޑރ.މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޑރ.މުޢިއްޒާއެކު ސަރުކާރު ހިންގަން އޮތް ޓީމަކީ ރާއްޖެ މިހާތަނަށް ދުއް ތަރައްގީ ގެނެސްދިން ޓީމު ކަމަށެވެ. 

ވަޒީރުވަނީ އެމްޑީޕީގެ ވެރިކަމުގައި ވެފައި ހުރި ވައުދުތައް ފާހަގަކުރައްވައި އެ ޕާޓީގެ ވެރިކަން ނިމުނުއިރު އެ ވައުދުތައް ފުއްދިފައި ނެތްކަން ފާހަގަކުރައްވަމުން، ރައީސް ޑރ.މުއިއްޒުގެ ޒައާމަތުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ބަރާބަރަށް ފުއްދަވަމުންދާކަން ފާހަގަކުރައްވާފައެވެ. 

އެއާއެކު ސައީދުވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި ޑަބްލިއުޑީސީގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމާއެކު، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަކަމަށް ވޯޓު ދެއްވުމަށް ހޯރަފުށީ ދާއިރާގެ ރަށްތަކުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު