ENGLISH

23 މާރިޗު 2026

Advertisement

މަޖިލީހުގެ މެމްބަރުންގެ ވަކި އިންސައްތައެއް، އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަނީ

23 މާރިޗު 2026

|

އައިމިނަތު ޝަފާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރުމުގެ ވިސްނުން ސަރުކާރުގެ އެބަހުރިކަމަށް ރައީސް ވިދާޅުވި. ފޮޓޯ؛ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގެންނަ އިސްލާހުގެ ތެރެއިން މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަން ދިރާސާ ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުގައި މިހާރު ވަކި އަދަދެއް ޒުވާނުންނާއި އަންހެނުންނަށް ނޯންނަ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އަދަދެއް އަންހެނުންނާއި 30 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްސަ ކުރަން މަޖިލީހަށް އިސްލާހެއް ހުށަހަޅަން ގަސްތުކުރައްވާ ކަމަށެވެ. އަދި މިކަމަށް ކުރަންޖެހޭ ދިރާސާތައް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކައުންސިލް ކޮމްޕޮޒިޝަންގައި އެބަހުރި އަންހެނުންގެ އަދަދެއް ކަނޑައެޅިފައި. އެހެންނަމަވެސް އެމްޕީސްގެ ނޯންނާނެ އެގޮތަކަށް." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމާއެކު، ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުން ފުރުސަތު ކަށަވަރުކޮށްދިނުމަކީ މި ގެންނަ އިސްލާހީ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.

މިކަމާ ގުޅޭ ދިރާސާ ނިމުމުން، ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރާނެ ސީދާ އިންސައްތަ އިއުލާނު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެއިތުރުން، ބިލަށް އިތުރު އިސްލާހުތަކެއް ވެސް ހުށަހަޅަން ނިންމަވާއިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު