ENGLISH

23 މާރިޗު 2026

Advertisement

ފަސްޓް ލޭޑީ ފުވައްމުލަކަށް؛ ކޮޅު ނެތް ކޮޅަށް ދަމައިލި ސަފާއެކު ހޫނު މަރުހަބާއެއް

23 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ފުވައްމުލަކު ސިޓީން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދަށް މަރުހަބާ ދެންނެވުމުގެ ތެރެއިން، ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުވައްމުލަކަަށް ވަޑައިގަތުމާއެކު އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދަށް ޖަމާވެ އެކަމަނާއަށް ހޫނު މަރުހަބާއަށް ދަންނަވައިފިއެވެ. 

ފަސްޓް ލޭޑީ ސާޖިދާ މިއަދު ފުވައްމުލަކަށް ވަޑައިގަތީ ތިނަދޫ ސިޓީގައި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގުމަށްފަހުއެވެ. އެ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި އެ ސިޓީގެ މޭޔަރު އަދި ކައުންސިލުގެ މެންބަރުކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އެކަމަނާ ވަނީ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން ތިނަދޫގެ އެކި ގެތަކަށް ޒިޔާރަތްކުރައްވާފައެވެ. 

މި ޒިޔާރަތުގައި ސާޖިދާވަނީ ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ މިއަދު ބައްދަލުކުރައްވާފައެވެ. އެ ބޭފުޅުންނާ ބައްދަލުކުރައްވައި، ކެންޑިޑޭޓުންނާ ކެމްޕެއިނާ ގުޅޭ ގޮތުން އެކަމަނާ މަޝްވަރާކުރެއްވިއެވެ. 

ފުވައްމުލަކު ސިޓީން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދަށް މަރުހަބާ ދެންނެވުމުގެ ތެރެއިން، ފޮޓޯ: ޕީއެންސީ 

އޭގެ އިތުރަށް ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ  މުހައްމަދު އަޖީބުގެ މެނިފެސްޓޯ ލޯންޗުކުރުމުގެ ހަފުލާގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފައިވެއެވެ. 

ފުވައްމުލަކަށް ކުރައްވާ ޒިޔާރަތުގައި އެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ މަސީހާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށާއި، އެ ސިޓީގެ އެކި ދާއިރާތަަކުގެ ކައުންސިލަރުކަމަށާއި ޑަބްލިއުޑީސީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ސާޖިދާ ބައްދަލުކުރައްވާނެއެވެ. 

އޭގެ އިތުރަށް އެ ސިޓީގައިވެސް ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހަރަކާތުގައި ބައިވެރިވެވަޑައިގެން ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމާއެކު ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްވަނީ ހަމަޖެހިފައެވެ. 

ފުވައްމުލަކަށް ހަވީރު 5.45 ހާއިރު ފަސްޓް ލޭޑީ ވަޑައިގެންނެވިއިރު އެއާޕޯޓު ކައިރިން ފެށިގެން ވަރަށް ދުރާ ހަމައަށް ގިނަ އަދަދެއްގެ ބަޔަކު އެކަމަނާގެ އިސްތިގުބާލުގައި ސަފު ރުކުރުވާލައިގެން ތިއްބެވެ. އެކަމަނާވަނީ އެ އެންމެނާ ބައްދަލުކުރައްވައި ސަލާންގަލާން ކުރައްވާފައެވެ.‌

ކިޔުންތެރިންގެ ހިޔާލު