ENGLISH
23 މާރިޗު 2026
ގޭހުގެ އައު ޝިޕްމަންޓް ލިބިއްޖެ، 10 ކިލޯގެ ފުޅި މިހާރު ލިބޭނެ
23 މާރިޗު 2026
|
މޯލްޑިވް ގޭހުން ގޭސް ޑެލިވާ ކުރަނީ --
އެންމެ މަޤްބޫލު
ގޭހުގެ އައު ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށްފައިވާ ކަމަށް މޯލްޑިވް ގޭހުން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ ގޭހުގެ އައު ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު 10 ކިލޯގެ ގޭސް ފުޅި މޯލްޑިވް ގޭސް އިން ލިބޭނެ ކަމަށެވެ.
އެ ކުންފުނިން ދަނީ ކަސްޓަމަރުންނަށް އެއްވެސް ދައްޗެއް ނެތި ގޭސް ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. އެގޮތުން ގޭހުގެ ދަތިކަން ކުރިމަތިނުވެ ހުރިހާ ކަސްޓަމަރުންނަށް ގޭސް ލިބޭނެ ކަން ކަށަވަރު ކުރުމަށް 10 ކިލޯގެ ގޭސް ފުޅި ވިއްކުން ވަގުތީ ގޮތުން މަޑުޖައްސާލި އެވެ. އެއީ ގޭހުގެ އައު ޝިޕްމަންޓެއް ލިބެންދެނެ އެވެ.
ގޭހާއި ތެޔޮ ލިބުން ދަތިވެ އެ ބާވަތްތަކުގެ އަގު އިންތިހާއަށް އުފުލިފައިވަނީ އެމެރިކާއާ އިޒްރޭލުން އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެންނެވެ. ނަމަވެސް ތެލާއި ގޭސް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ.
ޚާއްސަކޮށް އެ ތަކެތީގެ އަގު ބޮޑުތަނުން އުފުލި އެކަމުން ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ ގޮތަށް ސަރުކާރުން ދަނީ ކަންކަން އިންތިޒާމު ކުރަމުންނެވެ.