ENGLISH

16 މާރިޗު 2026

Advertisement

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް: މިހާރު ކުރިއަށްދަނީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް

15 މާރިޗު 2026

|

މުޙައްމަދު އަދުހަމް

ނ. ވެލިދޫ ސިނާޢީ ސަރަޙައްދުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. 

ވެލިދޫގައި ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

ވެލިދޫގެ ހިއްކާ ސަރަޙައްދަކީ އޮޑިދޯނިފަހަރު ބާލާ އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރުމަށް ޚާއްޞަކޮށް ހިއްކަމުންދާ ސަރަޙައްދެކެވެ.

މި މަޝްރޫޢުގެ ދަށުން، ވެލިދޫގެ 2.7 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 443 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުން ހިމެނެއެވެ. މި މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 33.6 މިލިއަން ރުފިޔާއަށެވެ.

ވެލިދޫގައި ކުރިއަށްދާ މި މަޝްރޫޢު ފުރިހަމަވުމާއިއެކު އެ ރަށުގެ ރައްޔިތުންނަށް ޢުމްރާނީ ގޮތުންނާއި، އިޤުތިޞާދީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު