ENGLISH
16 މާރިޗު 2026
ޒިކުރާ މިސްކިތް ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފި
15 މާރިޗު 2026
|
މަސްޖިދުއްޒިކުރާ މިހާރު ހުރި ބިމުގައި ބިނާކުރަން ހަމަޖެހިފައިވާ ޒަމާނީ އާ މިސްކިތުގެ ބިންގާ އެޅުން --
އެންމެ މަޤްބޫލު
މަސްޖިދުއްޒިކުރާ މިހާރު ހުރި ބިމުގައި ބިނާކުރަން ހަމަޖެހިފައިވާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.
މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ މިސްކިތެކެވެ. މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެ އެވެ. މި މިސްކިތް ވެގެންދާނީ މާލެ ސަރަޙައްދުގައި އެޅިގެންދާ ޖާގަ ތަނަވަސް މިސްކިތަކަށެވެ. އެއް ފަހަރާ 1500 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.
މި މިސްކިތުގެ ޢަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެ އެވެ.
މާލެ ސަރަޙައްދުގައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް ސަރުކާރުން ގެންދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.