ENGLISH
16 މާރިޗު 2026
ބޮޑު ޖަމާޢަތް ހަތަރު ސަރަޙައްދެއްގައި، 28 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ
15 މާރިޗު 2026
|
ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރަނީ --
އެންމެ މަޤްބޫލު
މާލެސިޓީގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކާއި މިސްކިތްތަކުގައި މައުލޫމާތު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން މިރޭ ބުނި ގޮތުގައި މި އަހަރު ވެސް މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން އޮންނާނެ އެވެ. އަދި ވިލިމާލެ ބޯޅަދަނޑުގައި ވެސް ބޮޑު ޖަމާޢަތް އޮންނާނެ އެވެ.
ހުޅުމާލޭގައި ބޮޑު ޖަމާޢަތް އޮންނާނީ ފޭސް އެކެއްގައި ސިންތަޓިކް ޓްރެކް ގަ އެވެ. ފޭސް ދޭއްގައި މަސްޖިދު ޙަސަން އާދަމްއާ ނިރޮޅުމަގާއި ހީނާހިނގުމާއި ފޭރުގަސްމަގާ ދުބުރިގަސް މަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގަ އެވެ.
މީގެ އިތުރުން އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭހެން މާލޭގެ 17 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ އެވެ. ވިލިމާލޭގައި މަސްޖިދުއްސަލާމް ގައި ވެސް ޢީދު ނަމާދު ކުރާނެ އެވެ.
ހުޅުމާލެ ފޭސް އެކެއްގައި މަސްޖިދުއްޝަހީމް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ އާއި މަސްޖިދު ރަޝީދު އާއި މަސްޖިދު ޢަޒީޒާ މޫސާ އާއި މަސްޖިދު އަޞްދިޤާ އާއި މަސްޖިދުލްވާލިދައިނި ގައި ޢީދު ނަމާދު ކުރާނެ އެވެ. ފޭސް ދޭއްގައި މަސްޖިދުލް ޢީމާން އާއި މަސްޖިދު ޢުޘްމާން ބިން ޢައްފާން ގައި ޢީދު ނަމާދު ކުރުން އޮންނާނެ އެވެ.
ޢީދު ނަމާދު ކުރާ ވަގުތު އަވަސްކޮށް މިހާރު ޢީދުގެ ނަމާދު ކުރަން ފަށަނީ ހެނދުނު 7:00 ގަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. ޝައްވާލު މަހުގެ ހަނދާއި ބެހޭ ނިންމުން ނިންމާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.