ENGLISH

22 ފެބްރުއަރީ 2026

Advertisement

ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒު އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

21 ފެބްރުއަރީ 2026

|

ފާތުމަތު އަދާ

ގެއްލިގެން ހޯދަމުންދިޔަ އިބްރާހިމް އިމްތިޔާޒް އަލީ / ފޮޓޯ: ޕޮލިސް

ގެއްލިގެން ހޯދަމުންދިޔަ އިބްރާހިމް އިމްތިޔާޒް ޢަލީ މިރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ. 

މި މަހު 17 ވަނަ ދުވަހު އާއިލާއިން އޭނާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. އިމްތިޔާޒް އެންމެ ފަހުން ފެނުނު ކަމަށް އެދުވަހު އާއިލާއިން ބުނެފައިވަނީ، ފެބްރުއަރީ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. 

ފުލުހުން އޭނާ ގެއްލިގެން ހޯދާކަމުގެ މައުލޫމާތު އާންމުކޮށްފައިވަނީ މި މަހު 20 ވަނަ ދުވަހުއެވެ. އަދި އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި އެކަން ހިއްސާކޮށް ދިނުމަށްވެސް ވަނީ އެދިފައެވެ.

ފުލުހުން ބުނީ އެ އިދާރާއަށް އިމްތިޔާޒް ދިޔައިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު