ENGLISH

22 ފެބްރުއަރީ 2026

Advertisement

އެއާ އިންޑިއާ ރާއްޖެއަށް ދަތުރުކުރާތާ 50 އަހަރު ފުރުން ފާހަގަކޮށްފި

21 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

އެއާ އިންޑިއާ ރާއްޖެއަށް ދަތުރުކުރާތާ 50 އަހަރު ފުރުން ފާހަގަކުރުން. ފޮޓޯ: އެމްއޭސީއެލް

އިންޑިއާގެ ޤައުމީ އެއާލައިން "އެއާ އިންޑިއާ" ރާއްޖެއަށް ދަތުރުކުރާތާ 50 އަހަރު ފުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ފާހަގަކޮށްފިއެވެ. 

ރާއްޖެއަށް އެއާ އިންޑިއާގެ ދަތުރުތައް ފެށީ 1976 ވަނަ އަހަރުގެ ފެބްރުވަރީ 21 ވަނަ ދުވަހު އެވެ. 

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއާ އިންޑިއާގެ ފްލައިޓް ޖެއްސުމުން، އެ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ހޫނު މަރުޙަބާއެެއް ކިޔައިފައެވެ. އެގޮތުން، ފްލައިޓުން ރާއްޖެ އައި 139 ފަތުރުވެރިންނަށް އެމްއޭސީއެލްއިން ޚާއްޞަ ހަދިޔާއެއް ވަނީ ދީފައެވެ. އަދި، މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފްލައިޓަށް ވޯޓަރ ސެލިއުޓެއް ދީފައިވެއެވެ.   

އެމްއޭސީއެލްއިން މީޑިއާތަކާ ޙިއްސާކުރި މެސެޖުގައި ބުނީ، އެއާ އިންޑިއާ ރާއްޖެ ދަތުރުކުރާތާ 50 އަހަރު ފާހަގަކުރުމަށް ޚާއްޞަ ހަރަކާތެއް ކުރިއަށްގެންދިޔައީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ކަމަށެވެ. 

އެއާ އިންޑިއާއަކީ ރާއްޖޭގެ ތާރީޚުގައިވެސް ވައިގެ ދަތުރުތައް ފެށި ފުރަތަމަ އެއާލައިނެވެ. މިދިޔަ 50 އަހަރު ރާއްޖޭގެ ވައިގެ ދަތުރުފަތުރު ޚިދުމަތް ފުޅާކުރުމުގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ގެނެސް މިހާރު ރާއްޖެއަށް ދަތުރުކުރާ  ބައިނަލްއަޤްވާމީ އެއާލައިންތައް ވަނީ ގިނަވެފައެވެ. ޚާއްޞަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއެކު ބައިނަލްއަޤްވާމީ އެއާލައިންތަކުގެ ޑިމާންޑް މިހާރު ވަނީ އިތުރަށް ބޮޑުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު