ENGLISH
21 ފެބްރުއަރީ 2026
ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފަސް މީހަކަށް ބޯހިޔާވަހިކަން ދީފި
21 ފެބްރުއަރީ 2026
|
ހާދިސައާ ގުޅިގެން ލިބިފައިވާ ގެއްލުންތައް. ފޮޓޯ؛އެންޑީއެމްއޭ
އެންމެ މަޤްބޫލު
ރޭ ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަސް މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
ހާދިސާގެ އިތުރު މައުލޫމާތު ދެމުން އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ 23:00 ހާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހީ ގައި ހުންނަ ވަން އެވެނިއުގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ކަމަށެވެ.
ހާދިސާއާ ގުޅިގެން ފަސް މީހަކަށް ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.
ހާދިސައާ ގުޅިގެން ލިބިފައިވާ ގެއްލުންތައް. ފޮޓޯ؛އެންޑީއެމްއޭ
މި މަހުގެ ކުރީކޮޅު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގުދަނެއްގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅެމުންދިޔަ 21 މީހުންނަށް ވެސް އެންޑީއެމްއޭ އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
އަދި ހުސްވި ޖަނަވަރީ މަހުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ފަހެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޓަވަރުގެ ހަތް އެޕާޓްމެންޓެއްގެ 37 މީހުންނަށް ވެސް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.