ENGLISH
16 ފެބްރުއަރީ 2026
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ބްރޯންޒު އެވޯޑު ރައީސްގެ ދަރިކަލުން އުމައިރަށް
16 ފެބްރުއަރީ 2026
|
އުމައިރު މުއިއްޒު އަށް ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ ބްރޯޑް އެވޯޑު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދެއްވަނީ, ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ޔޫތު މިނިސްޓްރީން ދޭ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގެ 2024 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ބްރޯންޒް އެވޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަރިކަލުން އަދި ކުޅަދާނެ ޓީޓީ ކުޅުންތެރިޔާ މުހައްމަދު އުމައިރު މުއިއްޒަަށް ލިބިއްޖެއެވެ.
އުމަރު މި ކެޓަގަރީން ނޮމިނޭޓުކުރީ 2024 ވަނަ އަހަރު އޭނާ ހޯދި ކާމިޔާބުތަކުގެ މައްޗަށް ބިނާކޮށް ގައުމީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ. އެ އެސޯސިއޭޝަނުން އެ ކެޓަގަރީން އުމައިރު ނޮމިނޭޓުކުރީ 2024 ވަނަ އަހަރު ރާއްޖޭގެ މުބާރާތްތަކާއި ބޭރުގެ މުބާރާތްތަކުގައި އުމައިރު ހޯދި ކާމިޔާބުތަކުގެ މައްޗަށް ބިނާކޮށެވެ.
މި ކެޓަގަރީން ގޯލްޑް އެވޯޑު ހާސިލުކުރީ މުހައްމަދު ރިހާން ޝަހީމެވެ. އޭނާއަކީ ފެތުންތެރިއެކެވެ. އަދި ސިލްވާ އެވޯޑު ހާސިލުކުރީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޒީކް ހަސަން ލަތީފެވެ.
މިއީ ރާއްޖޭގެ ރައީސެއްގެ ބޭފުޅަކަށް ކުޅިވަރުގެ ގައުމީ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑަށް އުމައިރު ނޮމިނޭޓުވުމުން ބައެއް ފަރާތްތަކުން ކަމުގެ ހަގީގަތް އޮޅުވައިލަން މަސައްކަތްކުރި ނަމަވެސް 2024 ވަނަ އަހަރު އޭނާ ހޯދި ކާމިޔާބުތަކުގެ ހިސާބުތަކާއެކު ޓީޓީ އެސޯސިއޭޝަނުން ބުނެފައިވަނީ އޭނާގެ ނަން ހުށަހަޅާފައިވަނީ އެ ކާމިޔާބުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފުވެސް ވިދާޅުވެފައިވަނީ އުމައިރަކީ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިއަކަށްވުމުގެ އިތުރަށް އޭނާއަކީ އެހެނިހެން ބައެއް ކުޅިވަރުތައްވެސް ކުޅެެމުންދާ ކާމިޔާބު ކުޅުންތެރިއެއް ކަމަށެވެ. އަދި އުމައިރަކީ އެމްޑީޕީ ސަރުކާރުން ހިންގި އަރުތަ ޕްރޮގުރާމަށް ހޮވުނު މޮޅު އެތުލީޓެއްކަން މަހުލޫފު ފާހަގަކުރެއްވިއެވެ.