ENGLISH
16 ފެބްރުއަރީ 2026
ކުޑަކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ އަންހެނަކު ހައްޔަރުކޮށްފި
16 ފެބްރުއަރީ 2026
|
ކުޑަކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފާތިމަތު ރީމާ، ފޮޓޯ: ދިވެހި ފުލުހުން
އެންމެ މަޤްބޫލު
ކުޑަކުއްޖަކު ގްރޫމްކޮށް، އެކްސްޕްލއިކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި އަންހެނަކު ދިވެހި ފުލުހުންގެ ހިދުމަަތުން ހައްޔަރުކޮށް، އެ އަންހެންމީހާގެ ވަނަވަރު އާއްމުކޮށްފިއެވެ.
އެ ހިދުމަތުން ހާމަކުރި ގޮތުގައި މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 35 އަހަރުގެ ފާތިމަތު ރީމާ ނަމަކަށްކިޔާ ދިވެހި އަންހެނެކެވެ. ފުލުހުން ބުނެފައިވަނީ ރީމާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޑިސެންބަރު 29، 2025 ވަނަަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުުހުންގެ ހިދުމަތުން އިތުރަށް މައުލޫމާތު ދިން ގޮތުގައި އޭނާ ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް ކަނޑައެޅި މުއްދަތު ހަމަވާނީ ފެބްރުއަރީ 28، 2026 ވަނަަ ދުވަހަށެވެ.
ފުލުހުން ތަހުގީގުކުރަމުންދާ މި މައްސަލާގައި ރީމާއަށް ތުހުމަތުކުރަނީ އުމުރުން 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެކުއްޖާގެ ނާޖާއިޒު ފައިދާ ނަގައި އޭނާއަށް ޖިންސީ ގޯނާކުރި ކަމަށެވެ.
ޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ހާއްސަ އިސްކަަމެއް ދީގެން ފުލުުހުންގެ ހިދުމަތުން ހަރުކަށި ފިޔަވަޅުތަކެއްދަނީ އަޅަމުންނެވެ.
އެ ހިދުމަތުން ބުނެފައިވަނީ އެފަދަ އަމަލުތައް ހިންގާ މީހުން ދެނެގަނެ، ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް، ކަމާ ގުޅުންހުރި އެކި އިދާރާތަކާއެކު އެ ހިދުމަތުން ކުރަމުންދާ ކަމަށެވެ.