ENGLISH
16 ފެބްރުއަރީ 2026
ޕިކަޕެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ
16 ފެބްރުއަރީ 2026
|
ހުޅުމާލެ ހޮސްޕިޓަލް. ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
އެންމެ މަޤްބޫލު
ހުޅުމާލޭގައި މަރާމާތުކުރަމުންދިޔަ ޕިކަޕެއްގެ ދަށުވެ، ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ ދަށުގައި މީހަކު މަސައްކަތް ކުރަން އޮއްވައި، އެ ޕިކަޕް އޭނާގެ ގައިމައްޗަށް ވެއްޓުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:05 އެހާކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް ކަށަވަރުކޮށްދީފައިވާކަމަށް ވެސް މައުލޫމާތުދީފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވާ މީހާގެ ވަނަވަރު އަދި ހާމަކޮށްފައެއްނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.