ENGLISH

16 ފެބްރުއަރީ 2026

Advertisement

ކައުންސިލް އިންތިހާބާއި ގުޅޭ މައްސަލަތަކެއް ސްޕްރީމް ކޯޓުން މާދަމާ ނިންމަނީ

16 ފެބްރުއަރީ 2026

|

ފާތުމަތު އަދާ

ސުޕްރީމް ކޯޓް

ކުރިއަށް އޮތް އެޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ  ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގޫޅޭގޮތުން ހުށަހަޅާފައިވާ ދެ މައްސަލައެއްގައި މާދަމާ ގޮތް ނިންމުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.  

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެއް މައްސަލައަކީ އަބްދުލްމަޖީދު، ރިނދަލިގެ، ކ. ގުރައިދޫ ހުށެހެޅި މައްސަލައެކެވެ. އަދި އނެއް މައްސަލައަކީ އިލްކެޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ފާތިމަތު ސޫޒަން ލަކުސަވީ ކ. ތުލުސްދޫ ހުށެހެޅި މައްސަލައެކެވެ.

އަބްދުލްމަޖީދުގެ ފަރާތުން ހުށަހަޅާފައިވަނީ، ގުރައިދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރުމަށް ހުށަހެޅި ހުށަހެޅުން ބަލައިނުގަތް މައްސަލައެވެ. މި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސެއިން ޝަހީދާއި، އައިޝާ ޝުޖޫން މުހައްމަދު އަދި މުހައްމަދު ސަލީމެވެ.

ފާތިމަތު ސޫޒަންގެ ފަރާތުން ހުށަހެޅީ، ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލުމަށް ހުށަހެޅި އެޕްލިކޭޝަަން ބަލައިނުގަތް މައްސަލައެވެ. މި މި މައްސަލަ ބައްލަަވާ ފަނޑިޔާރުންގެ ބެޗުގައި ހިމެނެނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ޑރ. މުހައްމަދު އިބްރާހީމް އަދި އަލީ ރަޝީދު ހުސެއިންއެވެ.

މިދިޔަ ހަފުތާގައި މި މައްސަލަތަކުގެ އަޑު އެހުންތައް ސުޕްރީމް ކޯޓުންވަނީ ނިންމާލާފައެވެ. އެގޮތުން މާދަމާ އޮންނާނީ މި މައްސަލަތަކަށް ހުކުމްކުރުމެވެ. 

މި ދެ މައްސަލަ އެންމެ ފުރެތަމަ ހުށަހެޅީ ހައިކޯޓަށެވެ. އިންތިހާބާ ގުޅޭ މައްސަލަތައް ބެލުމުގެ އިހުތިސާސް އޮންނަނީ ސުޕްރީމް ކޯޓަށް ކަމުގައިވާތީ ހައިކޯޓުން ނިންމާފައިވަނީ އެ މައްސަލަތައް ބަލައިނުގަތުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު