ENGLISH

16 ފެބްރުއަރީ 2026

Advertisement

އެންމެ ހިންގުންތެރި އެސޯސިއޭޝަންގެ އެވޯޑް ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް

16 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

އެންމެ ހިންގުންތެރި އެސޯސިއޭޝަނުގެ އެވޯޑާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ހަވާލުވަނީ. ފޮޓޯ: ރައީސް އޮފީސް

ޒުވާނުންގެ މަރުކަޒުގައި ރޭ އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ގައި، އެންމެ ހިންގުންތެރި އެސޯސިއޭޝަނަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) ހޮވިއްޖެއެވެ. 

ޓޭބަލް ޓެނިސްއާ އެންމެ ގާތުން އެވޯޑަށް އެންމެ ގާތުން ވާދަކުރީ މޯލްޑިވްސް ސްވިމިން އެސޯސިއޭޝަން އަދި އެތުލެޓިކްސް އެސޯސިއޭޝަނުންނެވެ. 

ޓީޓީއޭއެމް އިން ވަނީ 2021 ވަނަ އަހަރުގެ އެންމެ މޮޅު އެސޯސިއޭޝަންގެ މަގާމް ވެސް ހޯދައިފަ އެވެ. ރާއްޖޭގައި 2022 ވަނަ އަހަރު ބާއްވަން ފެށި ސްޕޯޓްސް އެވޯޑްސްގައި އެއްވަނަ އެސޯސިއޭޝަންގެ އެވޯޑް ދެ ފަހަރު ހާސިލްކުރި ހަމައެކަނި އެސޯސިއޭޝަނަކީ ވެސް ޓީޓީއޭއެމް އެވެ. 

އެއްވަނަ އެސޯސިއޭޝަންގެ އިތުރުން ޓީޓީއޭއެމްގެ ކުޅުންތެރިން ވަނީ ސްޕޯޓްސް އެވޯޑްސްގައި ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ. އެގޮތުން އެންމެ ގިނަ އެވޯޑް ހާސިލްކުރީ ޓީޓީގެ އެއްވަނަ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެވެ. 

ދީމާ ވަނީ އޮލިމްޕިކް ކުޅިވަރުތަކުގެ ތެރެއިން އެންމެ މޮޅު އެތުލީޓުގެ މަގާމާއި، އަހަރުގެ އެންމެ މޮޅު ޒުވާން އެތުލީޓުގެ އެވޯޑުގެ އިތުރުން ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ދިން ރިކޮގްނިޝަން އެވޯޑް ވެސް ހާސިލްކޮށްފަ އެވެ. 

ދީމާއަށް މި އެވޯޑްތައް ހާސިލްވުމުގެ އެންމެ ބޮޑު ސަބަބަކީ، އޮލިމްޕިކްސް ކޮލިފައިން މަރުޙަލާއެއް ކާމިޔާބުކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓަށް ވުމެވެ. އަދި، 2024 ވަނަ އަހަރުގެ މުބާރާތްތަކުގައި ދީމާ ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. 

ޓީޓީގެ އެހެން ކުޅުންތެރިންނަށް ބަލާއިރު، އެންމެ މޮޅު ޒުވާން އަންހެން އެތުލީޓުންގެ ބައިން ދެ ވަނަ، މިޝްކާ މުޙައްމަދު އިބްރާހީމްއަށް ލިބުނެވެ. އަދި، އެންމެ މޮޅު ޒުވާން ފިރިހެން އެތުލީޓުގެ ބައިން ދެ ވަނަ ޒީކް ޙަސަން ލަތީފް ހޯދިއިރު އެ ކެޓަގަރީން ތިން ވަނަ ހާސިލްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު އެވެ. 

ޓީޓީގެ އަމްޕެޔަރު މުޙައްމަދު ޔާމީން އަހަރުގެ އެންމެ މޮޅު ޓެކްނިކަލް ފިރިހެން އޮފިޝަލްގެ މަގާމް ހޯދައިފަ އެވެ. 

ރޭގެ ހަފްލާއަކީ، 2024 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑްސް ހަފްލާ އެވެ. ކުޅިވަރު ވުޒާރާއިން ބުނީ 2025 ވަނަ އަހަރުގެ އެވޯޑް ޙަފްލާ މިއަހަރު އަދި ބާއްވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު