ENGLISH

09 ފެބްރުއަރީ 2026

Advertisement

ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ

09 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތް --

ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދުގެ ޑިޖިޓަލް ޒަމާނުގައި ރަސްމީ މުއާމަލާތްތައް ހިންގުމުގައި އީމެއިލަކީ އެންމެ އަސާސީ އެއް ވަސީލަތް ނަމަވެސް، މިއީ ކުށްވެރިން ނަހަމަ ގޮތުގައި އެކައުންޓުތަކަށް އެކްސެސްވުމަށް ބޭނުންކުރާ އެންމެ ނުރައްކާތެރި އެއް ގޮތް ކަމަށެވެ.

ވަކިން ހާއްސަކޮށް، "ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒް" (ބީ.އީ.ސީ) އަކީ މުޅި ދުނިޔޭގައި ވެސް މާލީ ސްކޭމް ހިންގުމަށާއި ފައިސާ ވަގަށްނެގުމަށް މިހާރު އެންމެ ގިނައިން ބޭނުންކުރަމުންދާ އެއް އުކުޅުކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ.

ސްކޭމްގެ އަމަލުތައް ހިންގާ މީހުން, ކުށްވެރިން އީމެއިލް ފޮނުވާނީ ދަންނަ، އިތުބާރުކުރެވޭ މީހަކަށް ވެގެން ކަމަށެވެ.

ކުށްވެރިންގެ މަޅީގައި ނުޖެހުމަށްޓަކައި މައުލޫމާތު ހިއްސާކުރުމުގެ ކުރިން އެކަން ހިނގާ ގޮތާއިމެދު ވިސްނުމާށާއި ލިންކުތަކަށް ނުފިއްތުމަށާއި އީމެއިލް އެޑްރެސް ޗެކްކުރުމަށް އަދި ޑައުންލޯޑްކުރުމުގައި ސަމާލުވާން ފުލުހުން އެދެ އެވެ. އަދި ހުރިހާ އެކައުންޓެއްގައި 'ޓޫ-ފެކްޓަރ އޮތެންޓިކޭޝަން' ހަދާފައި ބަހައްޓަން ހަނދާން ކޮށްދީފައިވެ އެވެ.

އެފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ބެންކަށް ގުޅައި ފައިސާ ހިފެހެއްޓޭތޯ މަސައްކަތް ކުރުމަށާއި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 އަށް ގުޅުއްވައި އެކްސްޓޭންޝަން ނަންބަރު 2020 ޖަހައި ރިޕޯޓު ކުރުމަށް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު