ENGLISH
09 ފެބްރުއަރީ 2026
ދެ ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އެމްއެންޔޫއިން ހުޅުވާލައިފި
09 ފެބްރުއަރީ 2026
|
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ-- ފޮޓޯ: އެމްއެންޔޫ
އެންމެ މަޤްބޫލު
ދެ ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހުޅުވާލައިފި އެވެ.
އެމްއެންޔޫއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އިންޖިނިއަރިން އިންނެވެ.
މި ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކޯސްތަކަށް އެދި އެޕްލިކޭޝަން ފޯމާއި، ސްޓޭޓްމަންޓް އޮފް އިންޓްރެސްޓް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ، މާރިޗް 26، 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ކަމަށް އެމްއެންޔޫއިން ވަނީ ބުނެފަ އެވެ. ކޯސްތަކަށް އެދި ހުށަހަޅަންޖެހެނީ އެ ޔުނިވަރސިޓީގެ ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށެވެ.
ޕްރޮފޯޒަލް ނުވަތަ ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯސަލް ތައްޔާރުކުރުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ޔުނިވަރސިޓީއަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން 334545455 ނަންބަރު ފޯނާއި ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯދޭނެ ކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފަ އެވެ.
ކޯސްތަކާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބަޔަށް އީމެއިލް ކުރެއްވުމުން ނުވަތަ ހޮޓްލައިން ނަންބަރު 1445 އަށް ގުޅުމުގެ އިތުރުން ޔުނިވަރސިޓީގެ ރަސްމީ ވެބްސައިޓް www.mnu.edu.mv އިންވެސް ކޯސްތަކުގެ ތަފްސީލު ފެންނާނެކަމަށް އެމްއެންޔޫއިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ފަރާތްތަކަކަށް ރާއްޖޭގެ ތިބެގެން އެ ފުރުސަތު ހޯދާ ދިނުމަށްޓަކައި އެމްއެންޔޫ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއީ ރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށް އެ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވާލި ފުރުޞަތުތަކެކެވެ.