ENGLISH

09 ފެބްރުއަރީ 2026

Advertisement

ދުވާފަރު ޕޮލިސް ސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތް ކުރިއަށްދަނީ

09 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ދުވާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ރ. ދުވާފަރުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ފައުންޑޭޝަންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ދުވާފަރުގެ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.

ދުވާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި މަޝްރޫއުގައި ވަށާފާރު ރޭނުމާއި، އޮފީސް އިމާރާތެއް ހެދުމާއި، ޤައިދީން ބައިތިއްބާނެ ތަނެއް ހެދުމާއި، ގަރާޖެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ. މިއީ 360 ދުވަސްތެރޭ ނިންމާގޮތަށް 36.03 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ދުވާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ގާތްގަނޑަކަށް ފަސް ހާސް މީހުންގެ އާބާދީއެއް ދިރިއުޅޭ މިރަށުގައި ޕޮލިސް ސްޓޭޝަން ގާއިމްކުރެވިގެން ދިއުމަކީ، ރަށުގައި ކުށް މަދުކުރެވި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު