ENGLISH

14 އޭޕްރީލު 2026

Advertisement

އޮކްޓޯބަރުގެ ކުރިން ކޯސްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަންޖެހޭނެ: އެމްކިޔުއޭ

14 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އޮކްޓޯބަރުގެ ކުރިން ކޯސްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަންޖެހޭނެކަމަށް އެމްކިޔުއޭއިން ބުނޭ. ފޮޓޯ؛އެމްކިޔުއޭ

އެކްރެޑިޓޭޝަން އައު ގައިޑްލައިންގެ ދަށުން ހުރިހާ ކޯސްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަންޖެހޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލަށް އެކުލަވާލައި އަމަލު ކުރަމުން އަންނަ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"ގެ ދަށުން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުން ކުރިން އެޕްރޫވަލް ހޯދާފައިވާ ޕްރޮގްރާމްތަކަށް އަލުން އެޕްރޫވަލް ހޯދަން ޖެހޭނެ ކަމަށާއި އެކަން މަތީ ތައުލީމާ ބެހޭ ވުޒާރާގައި ރަޖިސްޓްރީވެފައިވާ ހުރިހާ އިންސްޓިޓިއުޝަންތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ، މިހާތަނަށް އެކްރެޑިޓޭޝަން ހޯދަން އެއްވެސް ގޮތަކަށް ހުށަހަޅާފައިނުވާ ކަމަށާއި މަތީ ތައުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކާއެކު ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށް، ބައްދަލުވުމެއް ބޭއްވިފައި ވަނީ މަދު އިންސްޓިޓިއުޝަންތަކާއެކު ކަމަށެވެ. 30 މަރުކަޒަކުން ދީފައިވާ ފޯން ނަމްބަރާއި އީމެއިލް މެދުވެރިކޮށް މިހާނަތަށް ގުޅޭގޮތް ނުވާކަމަށް އެމްކިޔުއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެފަދަ މަރުކަޒުތަކާ މިހާތަނަށް މުއާމަލާތް ކުރެވިފައިނުވި ނަމަވެސް 22 އޮކްޓޯބަރު 2027 އިން ފެށިގެން އެކްރެޑިޓޭޝަން ނުހޯދާ އިންސްޓިޓިއުޝަން ތަކުން ހިންގާ ޕްރޮގްރާމްތައް ބާޠިލްވާނެ ކަމަށް އެމްކިޔުއޭގެ ބަޔާނުގައި ބުނެފައި ވެއެވެ. ޕްރޮގްރާމް ހިންގަން ކުރިން އެޕްރޫވަލް ދީފައިވާ މަރުކަޒުތަކާއެކު އާ އެކްރެޑިޓޭޝަނާ ގުޅޭގޮތުން މުއާމަލާމާތް ކުރެވިފައި ނުވާނަމަ މެއި 31ގެ ކުރިން ހިއްސާކޮށް މެއިލްކުރުމަށް އެ އޮތޯރިޓީން އެދިފައިވެއެވެ.

އަދި ވީހާވެސް އަވަހަކަށް ޕްރޮގްރާމްތަކަށް އެކްރެޑިޓޭޝަން ހޯދުމަށް އެ އޮތޯރިޓީގެ ބަޔާނުގައި އިލްތިމާސްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު