ENGLISH
09 ފެބްރުއަރީ 2026
އެކްސިޑެންޓްގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް، ވެހިކަލްތަކަށް ބޮޑެތި ގެއްލުން
09 ފެބްރުއަރީ 2026
|
އެކްސިޑެންޓް ވެފައި
އެންމެ މަޤްބޫލު
ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅޭ ހައިވޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
މިރޭގެ އެކްސިޑެންޓާއި ގުޅިގެން އެމްއެމްޓީވީއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެކްސިޑެންޓް ހިނގީ ހައިވޭ، މާލެއިން ހުޅުމާލެއަށްދާ ފަޅީގައި ކާރު ލައިންގައި މަޑުކޮށްގެން އޮތް ކާރެއްގައި ދުއްވާފައިދިޔަ އެހެން ކާރެއް ފަހަތުން ޖެހި އެ ކާރު ސައިކަލު ލޭނަށް ފުރޮޅާލާ އިތުރު ހަތަރު ސައިކަލެއްގައި ޖެހިގެން ކަމަށެވެ.
އޮފިސަރު ވިދާޅުވި ގޮތުގައި މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެ މީހުންނަށް ސީރިއަސް އަނިޔާތަކެެއް ލިބުނު ކަމަށް ވެސް ވިދާޅުވި އެވެ.
އެކްސިޑެންޓްގައި ހިމެނޭ ދެ ކާރަށް ވަނީ ވަރަށް ގެއްލުންވެފަ އެވެ. އަދި ސައިކަލުތަކަށް ވެސް ވަރަށް ގެއްލުންވި އެވެ. ފުލުހުން ދަނީ ހައިވޭގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. އަދި ވެހިކަލްތައް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ނުރައްކާތެރި މި އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިރޭ 12:45 ހާއިރު އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.