ENGLISH

09 ފެބްރުއަރީ 2026

Advertisement

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަަޔަކަށް ވަަރަށް އަނިޔާވެެއްޖެ

09 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުލާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަަޔަކަށް ވަަރަށް އަނިޔާވެެއްޖެ އެވެ.

އެކްސިޑެންޓް ހިނގީ ދެ ޓެކްސީ ޖެހިގެންނެވެ. ނަަމަވެސް އިތުރު ސައިކަލުތަކެއްގައި ވެސް ޖެހި އެކްސިޑެންޓް ވެފައިވެ އެވެ. މި އެކްސިޑެންޓްގައި ބަޔަކަށް އަނިޔާވެފައިވެ އެވެ. އެކަކަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.

އަދި ދެ ޓެކްސީއަށާއި ބައެއް ސައިކަލުތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ހައިވޭ، މާލެއިން ހުޅުމާލެއަށްދާ ފަޅީގައި ކާރު ލައިންގައި މަޑުކޮށްގެން އޮތް ކާރެއްގައި ދުއްވާފައިދިޔަ އެހެން ކާރެއް ފަހަތުން ޖެހި އެ ކާރު ސައިކަލު ލޭނަށް ފުރޮޅާލާ އިތުރު ހަތަރު ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެ މީހުންނަށަ ސީރިއަސް އަނިޔާތަކެެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ހިނގީ މިރޭ 12:45 ހާއިރު އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެކްސިޑެންޓާއި ގުޅިގެން ހައިވޭގައި ވެހިކަލްތައް ވަނީ ތޮއްޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު