ENGLISH
19 ޖެނުއަރީ 2026
ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗު ބަލާލުމުގެ ފުރުޞަތު ލިބޭ ޕްރޮމޯޝަނެއް ވިސާއާ ގުޅިގެން ބީއެމްއެލް އިން ފަށައިފި
18 ޖެނުއަރީ 2026
|
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލާލުމުގެ ފުރުޞަތު ލިބޭ ޕްރޮމޯޝަނެއް. --ފޮޓޯ: ބީއެމްއެލް
އަންނަ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލާލުމުގެ ފުރުޞަތު ލިބޭ ޕްރޮމޯޝަނެއް ވިސާއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި ޖަނަވަރީ މަހުގެ 18 އިން 15 އޭޕްރީލް 2026 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލް ވިސާ ކާޑު ކަސްޓަމަރުންނަށް އެކަނި ކަމަށް ވެސް ބޭންކުން ބުނެއެވެ. އަދި، މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކަސްޓަމަރުން ރަޖިސްޓްރީވާން ޖެހެއެވެ.
ޕްރޮމޯޝަނުގެ މުއްދަތުގައި، ޕްރޮމޯޝަނުގައި ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓަރމިނަލްތަކުން، ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް މަހެއްގެ މައްޗަށް 15،000 ރުފިޔާ ބީއެމްއެލް ވިސާ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު (ޕާސަނަލް ކާޑުތައް) މެދުވެރިކޮށް ހޭދަކުރުމުން ގުރުއަތުގައި ހިމެނޭނެއެވެ.
ބޭންކުން ބުނީ، ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ އަދަދުގެ އިތުރުން، ކަސްޓަމަރުން 15،000 ރުފިޔާއަށް ވުރެ އިތުރަށް ހޭދަކުރާ ކޮންމެ ފަހަރަކު ލަކީޑްރޯއިން ހޮވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ އެއް ފަރާތަކަށާއި އެ ފަރާތަކުން އިޚުތިޔާރުކުރާ މީހަކާއެކު ފީފާ ވޯލްޑްކަޕް ފައިނަލް މެޗް ބަލާލަން ދިއުމަށް ފްލައިޓް ދެކޮޅު ޓިކެޓާއި، ހުރުމުގެ ޚަރަދުގެ އިތުރުން ފައިނަލް މެޗްގެ ދެ ޓިކެޓް ލިބޭނެއެވެ.
ބީއެމްއެލްއިން އަންނަނީ ވިސާ ކްލެސިކް، ގޯލްޑް، ޕްލެޓިނަމްގެ އިތުރުން ދާދި ފަހުން ތައާރަފްކުރި ވިސާ އިންފިނިޓް ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓް، ޕްލެޓިނަމް ޑެބިޓް ކާޑުވެސް ދޫކުރަމުންނެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/spend-score-celebrate މި ލިންކުން ބަލާލެވޭނެ އެވެ.