ENGLISH
04 ޖެނުއަރީ 2026
އިންތިހާބަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މި މަހު 11 ގައި ފަށަނީ
03 ޖެނުއަރީ 2026
|
"ޓްރެއިނިންގ އޮފް ޓްރެއިނަރސް" (ޓީ.އޯ.ޓީ) ޕްރޮގުރާމްގެ ތެރެއިން// ފޮޓޯ: އިލެކްޝަން ކޮމިޝަން
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
7000 އޮފިޝަލުން ތަމްރީނުކުރުމުގެ ކުރިން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ "ޓްރެއިނިންގ އޮފް ޓްރެއިނަރސް" (ޓީ.އޯ.ޓީ) ޕްރޮގުރާމު މިއަދު އެ ކޮމިޝަނުންވަނީ ފަށާފައެވެ.
"ޓްރެއިނިންގ އޮފް ޓްރެއިނަރސް" (ޓީ.އޯ.ޓީ) ޕްރޮގުރާމު ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ވާހަކަފުޅު ދައްކަވަނީ// ފޮޓޯ: އިލެކްޝަން ކޮމިޝަން
މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)ގައި ކުރިއަށްގެންދާ މި ޕްރޮގްރާމު، މިއަދުން ފެށިގެން، މިމަހުގެ 9 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ. ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި މި ޓްރެއިނިންގ ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން މިޓްރެއިނިންގ ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މި ޓްރެއިނިންގ ޕްރޮގްރާމްގެ މަޤުޞަދަކީ އިންތިޚާބު ކުރިއަށްދާއިރު މާލެއާއި، އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނުމާއި، އެފަރާތްތައް މަސައްކަތަށް ތައްޔާރުކުރުންކަމަށެވެ. މިގޮތުން މި ޕްރޮގްރާމުގެ ތެރެއިން އިންތިޚާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު ފޯރުކޮށްދޭނެއެވެ.
އަތޮޅުތެރޭގައި ވޯޓުނަގާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ޖަނަވަރީ 11 ވާ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށާއި މާލެ ސަރައްދުގައި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެއެވެ.