ENGLISH
27 ޑިސެމްބަރު 2025
ސާޅީސް ކިލޯގެ ހަޝިޝް އޮއިލް އަތުލައިގަތުން: މީހަކު ހައްޔަރުކޮށްފި
27 ޑިސެމްބަރު 2025
|
އަތުލަައިގަތް ތަކެތި ކަސްޓަމްސް އޮފިސަރަކު ދައްކާލަނީ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގަައި ރާއްޖެއަށް އެތެރެކުރަން އުޅުނު 40 ކިލޯގެ ހަޝީޝް އޮއިލް އަތުލައިގެންފައިވާއިރު އެ މައްސަލާގައި ތަހުގީގަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފި އެވެ.
މީޑިޔާތަކަށް ކަސްޓަަމްސްއިން ރޭ މައުލޫމާތު ދިން ގޮތުގައި އެ އިދާރާއިން ބަލައިފާސްކުރި ޝިޕްމެންޓެއްގައި ހުރި ޗޮކޮލެޓްް ސިރަޕު ފުޅިތަކެއް ސްކޭންކޮށް ބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކު އުފެދިގެން އެތަކެތި ލެބޯޓަރީއަށް ފޮނުވައި ތަހުލީލުކުރިއެވެ. އަދި އެ ފުޅިތަކުގައި ހުރީ ހަޝީޝް އޮއިލްކަން ވަނީ ހާމަވެފަ އެވެ.
އިތުރަށް އެ އިދާރާއިން ބުނީ އަތުލައިގަތް ހަޝީޝް އޮއިލްގެ ބަރުދަނުގައި 40 ކިލޯއަށްވުރެ އިތުރުވާނެ ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމުގައި ބެލެވޭކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މިތަކެތި އެތެރެކޮށްފައިވަނީ ޗޮކޮލެޓް ސިރަޕު ފުޅިތަކެއްގަައި ކަމަށްވާއިރު އެއިން ކޮންމެ ފުޅިއެއްގައި 1.10 މިލިމީޓަރާއި 1.40 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ހަޝީޝް އޮއިލް އެތެރެކޮށްފައިވެއެވެ.
އެ މައްސަލަައާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފަ އެވެ. އަދި ބުނީ މި މައްސަލައާ ގުޅިގެން މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. މައްސަލައާ ގުޅުންހުރި އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ބުންޏެވެ.