ENGLISH

27 ޑިސެމްބަރު 2025

Advertisement

ނޭޕާލް ދެ އަންހެނަކު މާރާމާރީ ހިންގި މައްސަލައެއް

26 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތް --

ނޭޕާލަށް ނިސްބަތްވާ ދެ އަންހެނަކު މާރާމާރީ ހިންގި މައްސަލައެއް ބަލަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މާލެ، އަސަރީ ހިނގުމުގައި ދެ މީހެއްގެ ދެމެދު މާރާމާރީއެއް ހިންގާފައިވާ ކަމުގަ އެވެ. މަރާމާރީ ހިންގީ ނޭޕަލް ދެ އަންހެނުންނެވެ.

ފުލުހުން ބުނި ގޮތުގައި މާރާމާރީގެ ރިޕޯޓް ލިބުނީ މިރޭ 7:47 ހާއިރު އެވެ. އަދި ބުނީ މާރާމާރީއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ނޭޕާލް މީހުންގެ އާބާދީ ދަނީ ބޮޑުވަމުންނެވެ. ޚާއްސަކޮށް އަންހެނުންނެވެ. ކެފޭ/ހޮޓާ، ރެސްޓޯރަންޓްތަކާއި އޮފީސްތަކާއި ގެތަކުގައި މަސައްކަތް ކުރަން ގިނަ އަދަދެެއްގެ ނޭޕާލް އަންހެނުން ގެނެސްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު