ENGLISH
27 ޑިސެމްބަރު 2025
ހުކުމްކުރުމުގެ މަޖިލީހަށް ހާޒިރުކުރަން މަންޑޭ، ފުލުހުންގެ ބަންދަށް
27 ޑިސެމްބަރު 2025
|
ކޭޕާކް މައްސަލާގައި ދައުވާ ލިބޭ މަމްދޫހް(ކ)، ޖައިޝަން(ވ) ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި
ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުން ކޮށްގެން އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކި މައްސަލާގައި އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ހުކުމް އިއްވުމުގެ މަޖިލީހަށް ހާޒިރުކުރަން ފުލުހުންގެ ބަންދަށް އޭނާ ގެންގޮސްފި އެވެ.
މަމްދޫހް، ފުލުހުންގެ ބަންދަށް ގެންދިޔައީ ކްރިމިނަލް ކޯޓްގައި އިއްޔެ އޮތް ހުކުމް އިއްވުމުގެ މަޖިލީހަށް އޭނާ ހާޒިރުނުވުމުންނެވެ. ޝަރީއަތަށް ހާޒިރުނުވެ އޭނާ ފޮނުވީ ނޯޓެކެވެ. އެދުނީ ހުކުމް އިއްވުން ފަސްކޮށްދޭށެވެ. ނަމަވެސް ގާޒީ ނިންމެވީ ހުކުމްގެ މަޖިލީސް ހޮނިހިރު ދުވަހުގެ މެންދުރު 2:00 އަށް ތާވަލު ކުރާށެވެ.
އަދި އެ ގަޑިއަށް އޭނާ ބަންދުގައި ބަހައްޓައިގެން ހާޒިރުކޮށްދޭން ފުލުހުންގެ މައްޗަށް އަމުރު ނެރުނެވެ.
ފުލުހުން މިރޭ ބުނީ މއ. އެރަލްސީ /މާލެ، ޙަސަން މަމްދޫހު ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 27 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ. އަދި ފަހުން ބުނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ޙަސަން މަމްދޫހު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހެދި މައްސަލާގައި މަމްދޫހުގެ މައްޗަށް 105 ދައުވާއެއް ވަނީ އުފުލާފަ އެވެ.