ENGLISH
27 ޑިސެމްބަރު 2025
ރައީސްގެ ނިންމެވުމެއް: 250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަނީ
27 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ކެބިނެޓް ބައްދަލްވުމެއްގަައި
250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބާ އެންޑް ސްލިކްސް ޑިވެލޮޕްމަންޓުން މިރޭ ވަނީ ހާމަކުރައްވާފަ އެވެ.
އެ މިނިސްޓްރީން ބުނީ 250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ. މި މަޝްރޫޢު 2026 ވަނަ އަހަރު ފައްޓަވާނެ އެވެ.
އަދި މަޝްރޫޢުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ތެރަޕިސްޓުންގެ ދަތިކަން ރާއްޖެއަށް ވަރަށް ބޮޑެވެ. ޚާއްސަކޮށް ތަމްރީންވެފައިވާ ދިވެހީން ނެތުން އެއީ ތެރަޕީ ބޭނުންވާ ކުދީންގެ ބެލެނިވެރީންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އެފަދަ ކުދީންގެ ފަރުވާއާ ތެރަޕީގެ ކަންކަން ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް އެންސްޕާއިން ޚަރަދު ކުރެ އެވެ. މިދިޔަ މަހު އެކަނިވެސް 12.4 މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރި އެވެ.