ENGLISH
24 ޑިސެމްބަރު 2025
ފުވައްމުލަކު ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ ފުޓިންގ ކޮންކްރީޓުގެ މަސައްކަތް ފަށައިފި
24 ޑިސެމްބަރު 2025
|
ފުވައްމުލަކު ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތް -- ފޮޓޯ: އެމްޓީސީސީ
ފުވައްމުލަކު ސިޓީގައި ސަރުކާރުން ގާއިމްކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވި މަސައްކަތެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.
އެމްޓީސީސީއިން ބުނީ މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ފުޓިންގ ކޮންކްރީޓު މަސައްކަތް ކަމަށެވެ. މިއީ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ ކުރިން ބިންގާ ވަރުގަދަކޮށް އިމާރާތް ގެނބުނަނުދީ ހިފެހެއްޓުމަށް ކުރާ މަސައްކަތެކެވެ.
ފުވައްމުލަކު ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތަކީ އެ ރަށުގައި މަސައްކަތްކުރާ ފުލުހުންނަށް ފަސޭހަކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަށް ތިން ބުރިއަށް އަޅާ އިމާރާތެކެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19.3 މިލިއަން ރުފިޔާއަށެވެ.