ENGLISH

24 ޑިސެމްބަރު 2025

Advertisement

ރައީސް ޒުވާނުންނަށް: ޔޫތު ޕާރލިމެންޓް އަލުން ފެށޭނެ ގޮތެއް ހޯދައިދޭނަން

24 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ހަރަކާތަށް ފަހު ރައީސް ވަނީ ޒުވާނުންނާއި ވަކިވަކީން ބައްދަލު ކުރައްވާފައި --

ޔޫތު ޕާރލިމެންޓް އަލުން ފެށޭނެ ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގައި ހިމެނިގެން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ވާހަކަފުުޅު ދައްކަވަމުންނެވެ.

މިރޭގެ ހަރަކާތުގައި ބައެއް ޒުވާނުން ވަނީ ޔޫތު ޕާރލިމެންޓް ހުއްޓިފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ޒުވާނުންގެ އެ ކަންބޮޑުވުން ފުރިހަމައަށް ބަލައިގަންނަ ކަމަށެވެ. އަދި ވިދާޅުވީ ވަރަށް ސީރިއަސްކޮށް އެކަން ބައްލަވާނެ ކަމަށެވެ.

"ޔޫތު ޕާރލިމެންޓް ކަންތައް އަޅުގަނޑު ބަލާނަން އެކަން ހުއްޓިފައި އޮތް ގޮތެއް އަދި އެކަން އަނެއްކާވެސް ފެށޭނެ ގޮތެއް," ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަލުން ފެށޭއިރު ޔޫތު ޕާރލިމެންޓު ކުރިއަށް ގެންދާނީ މާލެ ނޫން ރަށްރަށުގައި އުޅޭ ޒުވާނުންގެވެސް ބައިވެރިވުން އޮންނަ ގޮތަށް ކަމަށެވެ. ޚާއްސަކޮށް ކޮންމެ އަތޮޅަކުން ނުވަތަ ދާއިރާއަކުން އިންތިޚާބު ކުރެވިގެން އަންނަ ގޮތަށް އޮވެއްޖެނަމަ މުޅި ރާއްޖޭގެ ހުރިހާ ޒުވާނުން ތަމްސީލު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު