ENGLISH

24 ޑިސެމްބަރު 2025

Advertisement

ރައީސް ޒުވާނުންނަށް؛ ރަށާއި ކައިރި ރިސޯޓްތަކަށްދޭ، ބޯހިޔާވަހިކަމަށް ޚާއްސަ އިސްކަމެއް ދޭނެ

24 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ --

އަތޮޅުތެރޭގައި ހިންގާ ހައުސިން މަޝްރޫޢުތަކުން ފަތުރުވެރިކަމާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގައި ހިމެނިގެން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ވާހަކަފުުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ވަޒީފާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް އެމަނިކުފާނުގެ އޮތް އިލްތިމާސް އަކީ އުފަން ރަށާއި ކައިރި ރިސޯޓްތަކަށް ވަޒީފާއަށް ދިއުން ކަމަށެވެ.

ރައީސް ވިދާޅުވީ އާބާދީ ބޮޑެތި ރަށްތަކުގައި ހައުސިންގެ ގިނަ މަޝްރޫޢުތަކެއް ހިންގާނެ ކަމަށާ އެ މަޝްރޫއުތަކުން ފަތުރުވެރިކަމާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ކޮންމެ މަޝްރޫއުއަކުން ވަކި އިންސައްތައެއް އެ ޒުވާނުންނަށް ޚާއްސަ ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ރިސޯޓްތަކުގެ ކައިރީގައި ހުންނަ ބޮޑެތި އާބާދީތަކުގައި ހައުސިން ޕްރޮޖެކްޓްތައް ހިންގަން ވިސްނަން. އޭރުން އެ ހައްލުވަނީ ޒުވާނުންނަށް އެ ޒުވާނެއްގެ އާއިލާއާ ވީހާވެސް ކައިރީން ހައުސިން ހޯދުމުގެ ފުރުސަތު. އެންމެން ނުޖެހޭ މާލޭން ދޫކުރާ ހައުސިން ފުުރުސަތުތަކަށް އަންނާކަށެއް," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރުވެސް 800 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފައިވާ ކަމަށާ އެ މަޝްރޫއުތަކުން ވަކި އިންސައްތައެއް ޒުވާނުންނަށް ޚާއްސަ ކުރާނެ ކަމަށެވެ. ޒުވާނުން ބާރުވެރިކުރުވަން ކުރަން ޖެހޭ އެންމެ ބޮޑު މަސައްކަތަކީ ބޯހިޔާވަހިކަން ދިނުން ކަމަށްވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު