ENGLISH

24 ޑިސެމްބަރު 2025

Advertisement

ކޮންމެ ވާހަކައެއްވެސް ދެއްކޭނެ، އެކަމަކު އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން: ރައީސް

24 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ހަރަކާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ބޭނުން ޚިޔާލެއް ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާ ނަމަވެސް އެއީ މާތްވެގެންވާ އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

"ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ވާހަކަފުުޅު ދައްކަވަމުންް ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށެވެ. އެހެން ކަމުން ރާއްޖޭގައި ކޮންމެ ކަމެއް ވެސް އޮންނަން ޖެހޭނީ އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ކަމަށެވެ.

ރައީސް ވިދާޅުވީ ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން މިއަދު ވަރަށް ގޯސް ކަންކަން ހިނގަމުންދާ މަންޒަރު ފެންނަ ކަމަށެވެ. އެއީ ހުއްޓުވާން ޖެހޭ ކަންކަން ކަމަށާ އެކަންކަމަށް އެޅޭނެ ފިޔަވަޅުތައް އޮންނަން ޖެހޭ ކަމަށެވެ. އެކަން ސަރުކާރުން ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ޒުވާނުންގެ ފުރިހަމަ ބައިވެރިވުން އޮވެގެން އެ މައްސަލަ ޙައްލު ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ ބޭނުން ޚިޔާލެއް ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް އެއީ މާތްވެގެންވާ އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން ކަމުގައި ވިދާޅުވި އެވެ.

"ބޭނުން ޚިޔާލެއް ފާޅުކުރުމުގެ ފުރުސަތު އެބައޮތް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން, ކޮންމެ ވާހަކައެއްވެސް ދެއްކޭނެ," ރައީސް މިރޭ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު