ENGLISH
21 ޑިސެމްބަރު 2025
ދިވެހި ބަހުގެ އެކަޑެމީ ބަހުގެ ވުޒާރާގެ ދަށަށް
21 ޑިސެމްބަރު 2025
|
ރޭގެ ރަސްމިއްޔާތުގަައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގަންނަވަނީ --
ދިވެހި ބަހުގެ އެކަޑެމީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށަށް ގެންނަވާ ގުޅުން ހުރި މުއައްސަސާތައް އެއް ކުޑައެއްގެ ދަށަށް ގެންނެވީ ދިވެހި ތަރިކައިގެ ދާއިރާ ވަކި އެއް ދާއިރާއެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ 2025 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ އިއުލާންކުރުމަށް ރޭ ޞަލާޙުއްދީނު އިސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަމަށްޓަކައި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ޚިދުމަތްތަކަށް ވަކި ވުޒާރާއެއް އުފެއްދެވިކަން ފާހަގަ ކުރެއްވި އެވެ.
"މިކަމަށްޓަކައި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް އުފެއްދީ. މިކަމަށްޓަކާ ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފެއްދީ. މިކަމަށްޓަކައި ދިވެހި ބަހުގެ އެކަޑަމީ ފަދަ, ދިވެހި ޤައުމީ ދާރުލްއާސާރު ފަދަ ގުޅުންހުރި މުއައްސަސާތަކުގެ ޚިދުމަތް ދިނުމުގައި ވުޒާރާއާ އެކީ އެއްކުޑައެއްގެ ދަށަށް ގެނެވުނީ," ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށަށް ގުޅުން ހުރި މުއައްސަސާތައް އެއް ކުޑައެއްގެ ދަށަށް ގެންނެވީ ދިވެހި ތަރިކައިގެ ދާއިރާ ވަކި އެއް ދާއިރާއެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށްޓަކައި ކަމުގައި ވިދާޅުވެފަ އެވެ.
މި ސަރުކާރު ފެށުނުއިރު ދިވެހި ބަހުގެ އެކެޑަމީ ހަމަޖައްސަވާފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުން ހިންގަވާ އިދާރާއެއްގެ ގޮތުގަ އެވެ. ރޭގެ ޖަލްސާގައި ރައީސް އިޝާރާތް ކުރައްވާފައި ވަނީ އެކަމަށެވެ.