ENGLISH
21 ޑިސެމްބަރު 2025
ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއް: އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
21 ޑިސެމްބަރު 2025
|
ހިޔާ ޓަވަރުތައް --
ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ހިޔާ 8 ވަނަ ޓަވަރު އެޕާރޓްމަންޓެއްގައި އަޑުގަދަ ކުރާ ކަމަށް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ އެޕާރޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ބުންޏެވެ.
ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ބުރިވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާ އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުން ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވަނީ ބުނެފަ އެވެ.