ENGLISH

21 ޑިސެމްބަރު 2025

Advertisement

ފުވައްމުލަކުގައި މިފްކޯއިން ގާއިމުކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި

21 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

ފުވައްމުލަކުގައި މިފްކޯއިން ގާއިމުކުރި "ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީ" ހުޅުވައިފިއެވެ.

މި ފެސިލިޓީ ހުޅުވީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފެސިލިޓީ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރު ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް ހުސައިނާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލް މެންބަރުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ފުވައްމުލަކުގެ މަސްވެރިން ވެސް ބައިވެރިވިއެވެ.

ފުވައްމުލަކުގައި ގާއިމުކުރެވުނު ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ފޯރުކޮށްދިނުމުގެ އިތުރަށް މަސްވެރިކަމުން ނަފާ އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު