ENGLISH

21 ޑިސެމްބަރު 2025

Advertisement

މިއީ ތަރިކައަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން، ޤައުމީ ރޫޙު ކުރިއަށް ނެރުއްވަންވީ ވަގުތު: ވަޒީރު އާދަމް ނަޞީރު

21 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ރޭގެ ޖަލްސާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވާހަކަފުޅު ދައްކަވަނީ --

ދިވެހި ބަހާއި ސަގާފަތާއި ތަރިކައަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން، އެބޭފުޅެއްގެ ޤައުމީ ރޫޙު ކުރިއަށް ނެރުއްވަންވީ ވަގުތު، މިއީ ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، 2025 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ އިއުލާންކުރުމަށް ރޭ ޞަލާޙުއްދީނު އިސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހި ތަރިކައިގެ ދާއިރާ މިހާރު ދެކެމުން މި ދަނީ ވަރަށް ދީލަތި އަދި ނަސީބުވެރި ދުވަސްތަކެއް ކަމުގައި ވިދާޅުވި އެވެ.

އެއީ ދިވެހި ދައުލަތުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ތަޞައްވުރެއް މި ދާއިރާއާ މެދު އޮވެ، ގުޅުންހުރި މުއައްސަސާތަކަށް މަގުތައް ފަހިކޮށްދެއްވަމުން ގެންދަވާތީ ކަމުގައި ވިދާޅުވި އެވެ.

އެހެންކަމުން، ދިވެހި ބަހާއި ސަގާފަތާއި ތަރިކައަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން ޤައުމީ ރޫޙު ކުރިއަށް ނެރެ، އިޚްލާޞްތެރި ޚިދުމަތުގައި ވަރުބަލިނުވެ، ވީރާނާވެފައިވާ ދިވެހި ތަރިކައިގެ ތަންތަން އަލުން އާރާސްތުކުރުމަށް އެއް އަޒުމެއްގައި ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ވަޒީރު އެދިވަޑައިގަތެވެ.

އެމަނިކުފާނު ވަނީ، ދިވެހި ތަރިކައިގެ ދާއިރާ ވަކިގޮތަކަށް ތަރުތީބުކުރައްވައި، ޚާއްޞަ އިސްކަމެއް ދެއްވައިގެން ދިވެހި ޤައުމިއްޔަތު ނަގަހައްޓަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ އިޚްލާޞްތެރި، ބުރަ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު