ENGLISH
21 ޑިސެމްބަރު 2025
ވީއައިއޭގެ ޓާމިނަލް 1 ގެ ސީޕްލޭން ފަސިންޖަރުންގެ ބަސް ހުއްޓިތައް އެހެން އުޅަނދުތައް ބޭނުންނުކުރުމަށް އަންގައިފި
21 ޑިސެމްބަރު 2025
|
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގެ ސީޕްލޭން ފަސިންޖަރުންގެ ބަސް ހުއްޓިތައް، އެހެން އުޅަނދުފަހަރު ބޭނުންނުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންގައިފިއެވެ.
އެމްއޭސީއެލް އިން ބުނީ، ވީއައިއޭގެ ޓާމިނަލް އެކެއްގެ އެރައިވަލް ގޭޓް ހަތަރެއްގެ ދެކުނުގައި އުޅަނދުފަހަރު މަޑުކުރުމަށް ފާހަގަކޮށްފައިވާ ސަރަހައްދަކީ ސީޕްލޭން އޮޕަރޭޓްކުރައްވާ ފަރާތްތަކަށް ހާއްސަކޮށް ދަތުރުވެރިން އެރުވުމަށާއި، އެމްއޭސީއެލްގެ ސްޓާފް ބަސްތައް ހުއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދެއް ކަމަށެވެ.
އެހެންކަމުން، އެ ނޫން އުޅަނދުތައް އެ ސަރަހައްދުގެ ތެރޭގައި އަދި އެ ސަރަހައްދަށް ވަދެ ނުކުތުމަށް އުނދަގޫވާ ގޮތަށް ޕާކްކުރުމާއި، މަޑުކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން ވަނީ، އެއަރޕޯޓު ތެރޭގައި އުޅުއްވާއިރު އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ އޮފިސަރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.