ENGLISH

17 ޑިސެމްބަރު 2025

Advertisement

ޗައިނާގެ އެންޕީސީއެސްސީގެ ވައިސް ޗެއާމަން ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި

16 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ޗައިނާގެ އެންޕީސީއެސްސީގެ ވައިސް ޗެއާމަން ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުން--ފޮޓޯ:ދިވެހި ބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާ

ޗައިނާގެ 14 ވަނަ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީ (އެންޕީސީއެސްސީ)ގެ ވައިސް ޗެއާމަން، ހިޒް އެކްސެލެންސީ ވަންގް ޑޮންގްމިންގ، ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

ޤައުމީ ދާރުލްއާސާރަށް އެމަނިކުފާނު ކުރެއްވި މި ޒިޔާރާތުގައި އެމަނިކުފާނާ އިސްތިޤުބާލުކުރައްވައި މަރުޙަބާ ދެންނެވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

ޗައިނާގެ ވަފްދުން ދާރުލްއާސާރަށް ކުރި ޒިޔާރަތުގެ ތެރެއިން--ފޮޓޯ:ދިވެހި ބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާ

ވުޒާރާއިން ބުނީ،މި ޒިޔާރަތުގައި އެތަނުގައި ތަރުތީބުކޮށްފައިވާ އާސާރީ ތަކެއްޗާ ބެހޭ ތަފްސީލްތައް ދާރުލްއާސާރުގެ ފަރާތުން އެމަނިކުފާނަށް ހިއްސާކުރެއްވީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ކަމަށެވެ.

ވަންގް ޑޮންގްމިންގ ގެ މި ޒިޔާރާތުގައި އަރިހުގައި ޗައިނާގެ ފޮރިން އެފެއާޒް ކޮމެޓީ އޮފް ދަ ނޭޝަނަލް ކޮންގެރެސްގެ ވައިސް ޗެއަރމަން އަދި ޗައިނާ މޯލްޑިވްސް ފްރެއިންޑްޝިޕް ގްރޫޕް އޮފް ދަ ނޭޝަނަލް ޕިއުޕަލް ކޮންގްރެސްގެ ވައިސް ޗެއާމަން ވަންގ ކޭ ގެ އިތުރުން ޗައިނާގެ ސޯޝަލް ޑިވެލޮޕްމަންޓް ކޮމެޓީގެ އޮފް ދަ ނޭޝަނަލް ޕިއުޕަލް ކޮންގްރެސް ވައިސް ޗެއަރމަން ޓަން ޓިއަންކްސިންގ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ފަހަކަށް އައިސް، ދާރުލްއާސާރަށް ޒިޔާރަތްކުރާ ބޭރުގެ ވަފުދުތަކާއި، ފަތުރުވެރީންނާއި، ދިވެހީންނާއި، މަދުރަސާކުދީންގެ އަދަދު އިތުރުވަމުން އަންނަކަން ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު